ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2025/79
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 30 ސެޕްޓެންބަރު 2025 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ރަޖިސްޓްރީ ކުރުމާއި ގުޅޭ

            ހއ.ކެލާގައި މިވަގުތު ދުއްވަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.ކެލާ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ދުއްވާ އެންމެހައި އުޅަނދުތައް ޒޯން (B) އަށް ރަޖިސްޓްރީ ކުރުމަށް ކެލާ ކައުންސިލްގެ އިއުލާން ނަންބަރު: (IUL)249-M/249/2025/22 (20 ފެބުރުވަރީ 2025) އިން ދީފައިވާ މުއްދަތު 30 ސެޕްޓެންބަރު 2025 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

            ވީމާ މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުތައް 30 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ކުރިން (B)ޒޯނަށް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

            އަދި،  ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަންދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައިވެސް ދަންނަވަމެވެ.

            މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

01 ސެޕްޓެންބަރު 2025