މަސައްކަތް
ނަންބަރު: GS-86/2015/11
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 25 އޮކްޓޫބަރު 2015 10:00
ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ.

1. މިމަދަރުސާގެ ބައު އިމާރާތުގެ ކްލާސްރޫމްތަކުގެ ތަޅުން ބަދަލުކުރުން

2. މިމަދަރުސާގެ ބައު އިމާރާތުގެ ކަރަންޓް ވައިރު ބަދަލުކުރުން

3. މިމަދަރުސާގެ ފާޚާނާގެ ފެންލައިޓްތައް މަރާމާތުކުރުން

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

25 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް

29 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6500547 ފޯނާ ގުޅުއްވުން އެދެމެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015