ދިވެހިރާއްޖެ
މި ކައުންސިލުން ބޭއްވުމަށް ނިންމާފައިވާ "އިހަވަންދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތް 2025" 2025 އޮކުޓޫބަރު 15 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބަރާތަކީ ރަށުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 2025 ސެޕްޓެމްބަރު 15 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ފޯމް ބަލައިގަނެވޭނީ މުބާރާތުގައި ބައިވެރިވުމަށް ދަށްކަން ޖެހޭ ޑިޕޮސިޓް ފައިސާ އިހަވަންދޫ ކައުންސިލަށް ދެއްކުމުންނެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް ފޯމް މިއިޢުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/jJDnjiqypEywUzQ97
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.