ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2015/55
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 19 އޮކްޓޫބަރު 2015 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ

މިޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ މީހުން 2015 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މަޤާމު: އެސިސްޓެންޓް އޮފިސަރ

ބޭނުންވާ ޢަދަދު: 3

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/35 ރުފިޔާ

ޝަރުޠު:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކުސް ލިބޭ މީހުންނާއެވެ. ޝޯޓްލިސްޓު ކުރެވޭ މީހުންނަށް މަސައްކަތު 7 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 7 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓު ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.

                               22 ޛުލްޙިއްޖާ 1436

06 އޮކްޓޫބަރު 2015