މުބާރާތް
ނަންބަރު: (IUL)248/248/2025/94
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 06 ސެޕްޓެންބަރު 2025 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2025 ގެ ގަވާއިދު އިޞްލާހްކޮށް ބައިވެރިވުމަށް ހުޅުވާލުން

ޑަބުލިޔު ޑީ ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2025 ގެ ނަންބަރު (IUL)248/248/2025/92 ގެ އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. މުބާރާތުގެ ގަވާއިދަަގެ 2 ވަނަ މާއްދާގެ (ހ) (ށ) ، 4 ވަނަ މާއްދާގެ (ބ) އަދި 5 މާއްދަގެ (ބ) ވަނީ އިޞްލާހުކޮށް 2 މާއްދާގެ (ނ) ވަނީ އުނިކުރެވިފައެވެ. އެހެންކަމުން އިޞްލާޙުކުރެވިފައިވާ ޤަވާއިދާއެކު މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމެވެ.

މިމުބާރާތް ބޭއްވުމަށް ނިންމާފައިވަނީ، 2025 ސެޕްޓެމްބަރ 10 ވާ ބުދަ ދުވަހުއެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށާއި އިހަވަންދޫގެ ސަރުކާރު މުވައްސަސާތަކަށާއި، އިހަވަންދޫގެ ސަރުކާރު ކުންފުނިތަކާއި، އިހަވަންދޫގެ ކުލަބް ޖަމިއްޔާ ޖާމާއަތްތަކުގެ ޓީމްތަކަށާއި ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ޓީމްތަކަށް ކަމުގައިވެސް ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 06 ސެޕްޓެމްބަރ 2025 ވާ  ހޮނިހިރު  ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައި 2000.00 ރުފިޔާ (ދެހާސް ރުފިޔާ) ބައިވެރިވުމަށް އެދޭ ފޯމާއިއެކު ދައްކަންވާނެއެވެ. ފައިސާ ޖަމާކުރަންޖެހޭ އެކައުންޓުގެ މައުލޫމާތު ބައިވެރިވުމަށް އެދޭ ފޯމުގައި ހިމެނިފައިވާނެއެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް  މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/G66wga1mCsgK9P838

ޓީމް ލިސްޓް ހުށައަޅާ ފޯމް: https://forms.gle/D3MKTohx4ZfcZkm17

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 ސެޕްޓެންބަރު 2025