ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-E/PRIV/2025/2
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:02
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސްރަތު ޕްރޮގުރާމް އާއިގުޅޭ.

     ހއ.ކެލާ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އާއި ގުޅިގެން ކެލާގެ ރައްޔިތުންނަށް ޙާއްޞަ ކޮށްގެން 6 މަސްދުވަހުގެ ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ.

     މިކަސްރަތު ޕްރޮގުރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން 10 ސެޕްޓެންބަރ 2025 ވާ (ބުދަ) ދުވަހުގެ 14:00 ގެކުރިން އތމ ކޮމިޓީގެ ރައީސާ ޙައްވާ ފަޒްނާ ފޯން 9903920 އަށް ގުޅުއްވާ

ނަން ނޯޓް ކުރުމަށް ދަންނަވަމެވެ.

     އަދި މިޕްރޮގުރާމްގެ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޕޮލިޓިކަލް ޑިރެކުޓަރ އިބްރާހީމް ޝާއިދު ފޯން 9360496 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2025