ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/160
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 19 އޮކްޓޫބަރު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓެންޓް

އިޢުލާން

މި އިޢުލާން ޝާއިޢު ކުރުމުން ސީނިއަރ އެކައުންޓެންޓަށްކަން އެދި HRTD-MPL/2015/157 ( 12 އޮކްޓޫބަރު 2015 ) ނަންބަރުގައި ކުރި އިޢުލާން ބާޠިލުވީ ކަމުގައި ދަންނަވަމެވެ.

 

މަޤާމު:

ސީނިއަރ އެކައުންޓެންޓް

ބޭނުންވާ އަދަދު :

01

މުސާރަ:

  1. 10,500.00ރުފިޔާ (ދިހަހާސް ފަސްސަތޭކަ ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

4500.00 (ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • އޭ.ސީ.ސީ.އޭ  ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން އަދި އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރިވަޒީފާ އެނގޭނެ ރަސްމީލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  ވަޒީފާއަށް އެދި ފޮނުވާ  ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ  ލިޔުންތަކާއެކު 19 އޮކްޓޫބަރު 2015ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރު ސެކްޝަނަށް  ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މިމަޤާމަށް އެދިވަޑައިގެން ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުތު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާތިލްކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ  ވަޒީފާއަށް އެދިވަޑައިގެން ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273،3009274

ފެކްސް: 3321559

13 އޮކްޓޫބަރު 2015