ވަޒީފާގެ ފުރުޞަތު
ނަންބަރު: TCL-HR/IUL/15/011
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 19 އޮކްޓޫބަރު 2015 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިމާމް

 

މަޤާމު:   އިމާމް (2)  - ކޮންޓްރެކްޓް

ބޭނުންވާ ޢަދަދު: 2 (ދޭއް) - ކޮންޓްރެކްޓް

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ސެކްޝަން: އޮޕަރޭޝަންސް ޑިޕާރޓްމަންޓް

މަޤާމުގެ ޝަރުޠު:

  1. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވާ މީހެއްކަމުގައިވުން.
  2. މަދުވެގެން 2 އަހަރު ދުވަހު މިސްކިތެއްގައި އިމާމުވެ ހުކުރު ނަމާދު ކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ހަފުތާއަކު ހުކުރު ދުވަހު ހުކުރު ނަމާދު އިމާމުވެ ކުރުން.  
  2. ފިޠުރު ޢީދާއި އަޟްޙާ ޢީދު މިދެދުވަހު ޢީދު ނަމާދު އިމާމުވެވަޑައިގެން ކުރުން.
  3. އެ ނަމާދެއްކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ތިލަފުއްޓަށް ދިއުން.
  4. ޟަރޫރީ ހާލަތެއް މެދުވެރިވެގެން ދާން ޖެހޭ ދުވަހު ނުދެވޭގޮތެއް މެދުވެރިވެއްޖެނަމަ ބަދަލުގައި ނަމާދު އިމާމުވެ ކުރުމަށް ކަމާބެހޭ އިދާރާއަކުން ހުއްދަ އޮންނަ މީހަކު ފޮނުވުން.
  5. ހުކުރު ދުވަހު ލަސްވެގެން ހެދުނު 10:00 ގެ ފެރީއިން ތިލަފުއްޓަށް ދިއުން.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލުން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

                      7 އޮކްޓޯބަރ 2015

07 އޮކްޓޫބަރު 2015