ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-142/2015/017
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 19 އޮކްޓޫބަރު 2015 12:00
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ހުރާ ސްކޫލުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓްލައިބްރޭރިއަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:އޮފިސަރ ގްރޭޑް 2

ރޭންކް:ޖީ. އެސް. 4

މުސާރަ:-/5020 ރުފިރާ

ސަރވިސް އެލެވަންސް:-/1500 ރުފިޔާ

އިތުރުގަޑި:އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހުރާސްކޫލް – ކ. ހުރާ

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

 

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

-   ކޮންމެ އަހަރެއް ނިމުމުން، ލައިބްރަރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ނައްތާލެވޭ ފޮތްތަކުގެ ރިކޯޑާއި، ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

-  ފޮތްތަކުގައި ނަންބަރު ޖެހުން.

-  ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

- ލައިބްރަރީގައިވާ ފޮތްތައް ކަރުދާސްލައި ބެލެހެއްޓުން.

- ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން ލައިބްރަރީ އިންތިޒާމްކޮށްފައި ހުރުން.

- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެކަން ބެލެހެއްޓުން.

-  ލައިބްރަރީއާއި ލައިބްރަރީގެ ކްލާސް ރޫމްތަކުގައި ދަރިވަރުން އުޅޭއިރު، ދަރިވަރުން ބެލެހެއްޓުން.

-  ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

- ސްޓޫޑެންޓް ސަރވިސަސްއާ ގުޅުންހުންނަ (ލީވިންގ ސެޓިފިކެޓް ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުންހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓުގެ މަސައްކަތްތައް) އޮފީހުން އަންގާގޮތެއްގެމަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

-  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

-  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

-  މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ، ލިޔެފައިވާ ލިޔުތައް ކިޔަން އެނގޭފަދަ ސާފު ފޮޓޯކޮޕީ.

-  ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

-  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް ލިޔުމެއް ހުށަހެޅުން (އުޅެފައިވާ މަޤާމާއި، ރޭންކާއި، މުއްދަތު އެނގޭނޭ ލިޔުމެއް)

-  ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވެރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައި ދޭންޖެހޭ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

އިންޓަރވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހު ހުރާ ސްކޫލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:  

މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މަތީގައިމިވާ ލިޔުންތައް 19 އޮކްޓޫބަރު 2015  ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުރާ ސްކޫލަށް ހުށަހެޅުން އެދެމެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015