ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2025/89
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 07 ސެޕްޓެންބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް

މި ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިމުގައިވާ ރައްޔިތުންގެ ރުއްގަހުގައި މިއަދުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ނަންބަރު ޖެހުން އެދެމެވެ. މި ދެންނެވި ބިންދެވިފައިވަނީ އައު ވޮލީ ކޯޓުގެ ހުޅަނގުންނެވެ.  އަދި އެސަރަހައްދުގައިވާ ރުއްގަހުގައި (×) ފާހަގަޖަހާފަ ހުންނާނެއެވެ. މި މުއްދަތުގައި ނަންބަރު ނުޖަހާ ހުންނަ ރުކާއިމެދު ޤާނޫނު ނަންބަރު 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ  ޤާނޫނު) ގެ ދަށުން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

03 ސެޕްޓެންބަރު 2025