ދިވެހިރާއްޖެ
އއ. ތޮއްޑޫސްކޫލް 8 ކްލާސްރޫމް 2 ބުރި ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ 8 ކްލާސްރޫމް 2 ބުރި އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS66/IUL/2015/44ފ(15 ސެޕްޓެންބަރު 2015) އިޢުލާނަށް މަޢުލޫމާތު ދޫކުރުމުގައި ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ( ވެލާނާގޭގެ 8 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
15 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 |
25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ ބިޑްތައް ކެންސަލް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341137 ނަންބަރު ފޯނާއެވެ
23 ޛުލްޙިއްޖާ 1436