ދިވެހިރާއްޖެ
މި ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ހޮސްޕިޓަލް އިމާރާތުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
 ތަން  | 
| 
 މައުލޫމާތު ސާފުކުރުން  | 
 8 ސެޕްޓެމްބަރ 2025  | 
 11:00  | 
 ވ. އަތޮޅު ހޮސްޕިޓަލް، ވ. ފެލިދޫ، ދިވެހިރާއްޖެ  | 
| 
 އަގު ހުށަހެޅުން  | 
 14 ސެޕްޓެމްބަރ 2025  | 
 11:00  | 
 ވ. އަތޮޅު ހޮސްޕިޓަލް، ވ. ފެލިދޫ، ދިވެހިރާއްޖެ  | 
ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 11:00 ގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6700691 އަށް ގުޅުއްވުން އެދެމެވެ.
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3 ސެޕްޓެމްބަރ 2025
10 ރަބީޢުލްއައްވަލް 1447