ދިވެހިރާއްޖެ
ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ ގެންނަ ޙާލަތްތަކުގައާއި ރާއްޖެއިން މުދާ ބޭރުކުރާ ޙާލަތްތަކުގައި، ކަސްޓަމްސް ޢާންމު ގަވާއިދުގެ ނުވަވަނަ ބައިގެ ތިންވަނަ ބާބުގެ ދަށުން، އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި މި ގަވާއިދުގެ ދެވަނަ ބައިގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހެއެވެ.
ވީމާ، ކަސްޓަމްސް ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، މިފަދަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، މާސްޓަރ ބިލް އޮފް ލޭޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރު، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މި މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ކަސްޓަމްސްއަށް ހުށަހެޅޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.