ދިވެހިރާއްޖެ
ގއ.ދެއްވަދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތް ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
މިއިދާރާގެ ނަންބަރ: (IUL)411-B/411/2025/29، (IUL)411-B/411/2025/30 (06 އޮގަސްޓް 2025) އިޢުލާނުގައިވާ "ދެއްވަދޫ ކައުންސިލްގެ ހޭންޑް ބޯޅަ ޓޯނަމެންޓް 2025" އަދި "ގއ.ދެއްވަދޫ ކައުންސިލްގެ 20 އަހަރުން ދަށުގެ ފުޓްސަލް ޓޯނަމެންޓް 2025" މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ޓީމްތަކުން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރައްވައި އަދި "މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް info@dhevvadhoo.gov.mv : އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.