ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-A2/1/2015/116
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:53
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1437 ވަނައަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަސް
އިޢުލާން
މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން 13 ވާ އަންގާރަ ދުވަހަކީ 1436 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 29 ވަނަ ދުވަހެވެ. އަދި މިއީ ޛުލްޙިއްޖާ މަހުގެ އެންމެ ފަހު ދުވަހެވެ.
ރާއްޖޭގެ ކަލަންޑަރުގައި ވާ ފަދައިން ހިޖުރައިން 1437 ވަނައަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން 14 ވާ ބުދަ ދުވަހެވެ. މި ދުވަހަކީ ހިޖްރީ ގޮތުން އައު އަހަރުގެ ފުރަތަމަ ދުވަސް ކަމަށްވާތީ، މި ފުރުޞަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އެންމެހައި މުސްލިމުންނަށް ހިޖްރީ އާއަހަރުގެ ތަހްނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
24 ޛުލްޙިއްޖާ 1436
07 އޮކްޓޫބަރު 2015