މުބާރާތް
ނަންބަރު: (IUL)269/269/2025/51
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 21 ސެޕްޓެންބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ވައިކަރަދޫގައި ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގައްނައިދިނުމުގައާއި، ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށާއި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުމުގެ އިތުރުން އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވައިކަރަދޫން ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބައިވެރިކުމުގެ މަޤުޞަދުގައި ބާއްވާ "ހދ. ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2025"  މި އަންނަ އޮކްޓޯބަރ މަހުގެ 30 އިން ނޮވެންބަރ 03 އަށް މިރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރަށުންބޭރުގައި ދިރިއުޅޭ، ވައިކަރަދޫ ރަށްވެހިންނަށްވެސް ބައިވެރިވެވޭ ގޮތަށް، ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މި މުބާރާތުގައި ބައިވެރިކުރެވޭނެ ޢުމުރުފުރާތަކާއި، މުޤައްރަރު ތިރީގައި ދަންނަވާފައި އެވަނީއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2025 ސެޕްޓެންބަރު 21 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ އަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީގައި ބައިވެރިވާ ފަރާތްތަކުން، މި ދެންނެވުނު ލިޔުންތަކުގެ އިތުރުން، އެކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި އީމެއިލްއިން ފޮނުވާ ފޯމްތައްވެސް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޤަވާޢިދު މި ކައުންސިލުގެ ވެބްސައިޓުގައި ޢާއްމުކުރެވިފައިވާނެއެވެ.

 

މުބާރާތުގެ މުޤައްރަރާއި ޢުމުރުފުރާ:

 

#

ކީ ސްޓޭޖް

ނުބަލާ ކިޔެވުން

ބަލައިގެން ކިޔެވުން

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

1

ފައުންޑޭޝަން

ފާތިޙާ1- ބަގަރާ 77

އަޢުލާ1- ނާސް6

1 ވަނަ ފޮތް

30 ވަނަ ފޮތް

2

ކީ ސްޓޭޖް 1

1 ވަނަ ފޮތް

30 ވަނަ ފޮތް

ފޮތް 1-3

ފޮތް 28-30

3

ކީ ސްޓޭޖް 2

ފޮތް 1-3

ފޮތް 28-30

ފޮތް 1- 7

ފޮތް 24-30

4

ކީ ސްޓޭޖް 3

ފޮތް 1-5

ފޮތް 26-30

ފޮތް 1- 10

ފޮތް 21-30

5

ކީ ސްޓޭޖް 4

ފޮތް 1-7

ފޮތް 24-30

ފޮތް 1- 10

ފޮތް 16-30

6

ކީ ސްޓޭޖް 5

ފޮތް 1-10

ފޮތް 21-30

ޤުރުއާން އެއްކޮށް

#

ޢާންމު ބައި

1

16 އަހަރުން މަތި

ފޮތް 1 ން 12

ފޮތް 20-30

ޤުރުއާން އެއްކޮށް

2

35 އަހަރުން މަތި

ފޮތް 1 ން 13

ފޮތް 19-30

ޤުރުއާން އެއްކޮށް

3

55 އަހަރުން މަތި

ފޮތް 1 ން 14

ފޮތް 18-30

ޤުރުއާން އެއްކޮށް

#

ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީ

1

16 އަހަރުން ދަށް

ގުރުއާނުން ބޭނުންތަނެއް

ގުރުއާނުން ބޭނުންތަނެއް

 މުޅި ގުރުއާނުން ބޭނުންތަނެއް

2

16 އަހަރުން މަތި

ގުރުއާނުން ބޭނުންތަނެއް

ގުރުއާނުން ބޭނުންތަނެއް

މުޅި ގުރުއާނުން ބޭނުންތަނެއް

              ޢުމުރު ބަލާނީ 01 ޖެނުއަރީ 2025 އަށް ފުރިފައިވާ އަހަރަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2025