ބީލަން
ނަންބަރު: (IUL)160-CS/1/2025/147
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 15 ސެޕްޓެންބަރު 2025 10:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް އެލް.އެމް.އެސް. ސިސްޓަމް ޑިވެލޮޕް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެންބަރު 08 ވާ ހޯމަ ދުވަހުގެ 10:00 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 10:00 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް އެލް.އެމް.އެސް. ސިސްޓަމް ޑިވެލޮޕް ކުރުމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ

 

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

 

02 ސެޕްޓެންބަރު 2025