ޢާންމު މަޢުލޫމާތު
ނަންބަރު: GS208-C/2015/09
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 20 އޮކްޓޫބަރު 2015 12:00
ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ޕްރީސްކޫލް ދަރިވަރުން ވެއްދުން

2016 ވަނަ އަހަރު ޕްރީސްކޫލް ދަރިވަރުން ވެއްދުން 

ސަރުކާރު ސްކޫލްތަކުގައި 2016 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލް މަރުޙަލާއަށް ކިޔަވައިދޭން ހަމަޖެހުމާއި ގުޅިގެން ހުވަދޫ ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން "2016 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމު ސްކޫލް އޮފީހުން 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

05 އޮކްޓޫބަރު 2015