މަސައްކަތް
ނަންބަރު: (IUL)330-B/330/2025/72
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 21 ސެޕްޓެންބަރު 2025 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގައި 25 އެއާރކޮންޑިޝަން އިންސްޓޯލްކޮށް ދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް 25 އެއާރ ކޮންޑިޝަން އިންސްޓޯލްކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރައްވާ ބިޑްރެޖިސްޓްރޭޝަން ފީ ޖަމާކުރެއްވުމަށްފަހު، 09 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން ކާށިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ އިން ހުށަހަޅާ ބިޑްރެޖިސްޓްރޭޝަން ފޯމުތައް [email protected] އަށް މެއިލް ކުރެވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 07 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކ. މަދަރުސާގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00  ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި މައުލޫމާތު ދިނުމުގެ މީޓިންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް މެއިލް ކުރެވުން އެދެމެވެ.

02 ސެޕްޓެންބަރު 2025