މަސައްކަތް
ނަންބަރު: (IUL)296-B/296/2015/52
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 18 އޮކްޓޫބަރު 2015 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުއައްޒަފުންގެ ހާޒިރީ ބަލަހައްޓާނެ ސިސްޓަމެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާނެ ސިސްޓަމެއް ބަހައްޓަން ބޭނުންވާތީ ކަމާބެހޭ އިކްވިޕްމެންޓް މިއިދާރާއަށް ގެނެސް އެތަކެތި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: IUL)296-B/296/2015/47) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯން 6560016 ނުވަތަ 7907933 ފޯނާއެވެ. މަޢުލޫމާތު ސާފުކުރައްވައި، ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ 2015 އޮކްޓޫބަރު 18ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް ދަންނަވަމެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބުތައް ފޮނުއްވާނީ އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޚުގައި ކަނޑައެޅިފައިވާ ގަޑިއަށެވެ. ފެކްސް: 6560017 މެއިލް އެޑްރެހަކީ [email protected] އެވެ

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޙިއްޖާ 1436

05 އޮކްޓޫބަރު 2015