ދިވެހިރާއްޖެ
ވަންދޫ މަދަރުސާގައި ކުރަންވެފައި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ލައިބުރަރީގައި އެލްމިނިއަމް ކުޑަދޮރު ހަރުކޮށް، ސީލިންގކޮށް ތަޅުންގަނޑު މަރާމާތުކޮށް މުށިޖަހައި ކުލަލުން
- ގްރޭޑް 8 ، 9 ގެ ކުލާސްރޫމް ސީލިންގކޮށް ކުލައާއި ދަވާދުލުން
- ގްރޭޑް 2 ގެ ކުލާސްރޫމުގައި މުށިޖެހުން
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުން |
20 އޮކްޓޫބަރު 2015 |
އަންގާރަ |
ހެނދުނު 9:00ން 11:00އަށް |
އަންދާސީހިސާބު ހުށަހެޅުން |
27 އޮކްޓޫބަރު 2015 |
އަންގާރަ |
10:30ގެ ކުރިން |
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 6780574 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
11 އޮކްޓޫބަރު 2015