ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2025/58
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 21:42
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ކޮނުމުގެ ޚިދުމަތަށް ނަގަމުންއަންނަ ފީއާއި ގުޅޭ.

މަގުކޮނުމުގެ ޚިދުމަތަށް އެޑްވާންސް ފައިސާގެ ގޮތުގައި މިއިދާރާއިން ނަގަމުން އަންނަ -/500 (ފައްސަތޭކަ) ރުފިޔާ ކަނޑާލުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 166 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. މި ގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2025 ދުވަހުން ފެށިގެންނެވެ.  

           ވީމާ، މަގުކޮނުމުގެ ޚިދުމަތަށް، މިއިދާރާއިން ނަގަމުން އަންނަ އެޑްވާންސް ފައިސާ، 01 ސެޕްޓެމްބަރ 2025 ވަނަ ދުވަހުން ފެށިގެން، ނަގަމުން ނުގެންދާނެކަން ޢާންމުކޮށް، އަންގާ އިޢުލާންކުރީމެވެ.

       08 ރަބިޢުލްއައްވަލް 1446ހ

   31 އޮގަސްޓް 2025މ

31 އޮގަސްޓް 2025