ދިވެހިރާއްޖެ
އިސްރަށްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށް ހުޅުވާލުން.
އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ލައިސަންސެއް ދޫކުރުމަށް ގަވާއިދު ނަންބަރު: 201/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއިބެހޭ ގަވާއިދު) އިސްލާހުކޮށް މިހާރު ވަނީ ގެޒެޓްކޮށްފައެވެ. މި ގަވާއިދުގެ ދަށުން މި އިދާރާއިން ހިންގާ 04 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކަށް 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕްފަދަ އުޅަނދުފަހަރު، ދުއްވުމުގެ ލައިސަންސެއް ދޫކުރެވޭނެއެވެ. މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ، އެލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ. މި ލައިސަންސް ނެގުމަށްޓަކައި 60 އަހަރުންމަތީ ޢުމުރުގެ ފަރާތްތަކުން، 2025 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން މި އިދާރާއަށް -/250 ރުފިޔާ ދެއްކުމުން، ޓްރޭނިންގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.