ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2025/124
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި:
05 ސެޕްޓެންބަރު 2025 08:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107/1 މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮންމެ 04 މަހަކުން އެއްފަހަރު ކައުންސިލުން ނިންމާ މުޙިއްމު ނިންމުންތަކުގައި ރައްޔިތުންނާ މަޝްވަރާ ކުރުމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުގެމަތިން 2025 ވަނަ އަހަރުގެ ދެވަނަ 4 މަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން 5 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި ހިތާދޫ ސުކޫލް ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑަރ މި އިޢުލާނާއިއެކުގައި އެވަނީއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ސެޕްޓެންބަރު 2025