ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253-CAA/253/2025/81
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 03 ސެޕްޓެންބަރު 2025 14:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭޓޫ ޝީޓް- ކައުންސިލް އެސިސްޓެންޓް

މިއިދާރާގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ ވަޒީފާއަށް މީހަކު ހޯދުމަށްޓަކައި 06 އޮގަސްޓް 2025 ގައި މިއިދާރާއިން ކުރި، ނަންބަރ:(IUL)253-CAA/253/2025/81 ގެއިޢުލާނުގައިވާ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

               01 ސެޕްޓެމްބަރ 2025

                09 ރަބީޢުލްއައްވަލް 1447

 

01 ސެޕްޓެންބަރު 2025