ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިން ސާފުކުރުން
ފެންފުލާންޓް އިރަށް އޮތް ކައުންސިލްގެ ހުސްބިމުގައި ހުރި ބައެއް ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެބިމުގައި ހުރި ރުއްތަކުގައި 1 ން 03 އަށް (X) ޖަހައި، ނަމްބަރު ޖަހާފައި ހުންނާނެއެވެ.
ވީމާ އެރުއްގަހުގެ ވެރިން، މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަމްބަރު އަންގަވާ ދެއްވުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓް ކުރަން ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަމްބަރު ގެންނަށް ޖެހޭނެއެވެ. އަދި 2025 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.