މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/300
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 18 އޮކްޓޫބަރު 2015 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދަރުބާރުގެ މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

ދަރުބާރުގެ މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

ދަރުބާރުގެ 1 އަހަރުދުވަހަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2015/294) އިޢުލާނުގައި ދެވިފައިވާ ތާރީޚަކީ ބަންދު ދުވަހަކަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، ތާރީޚު އިޞްލާޙު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.   

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

24 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015