ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-A/1/2015/103
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 18 އޮކްޓޫބަރު 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީ ނަންބަރު: (IUL)459-A/1/2015/96 އިޢުލާނުގައިވާ ތަކެތީގެ ތެރެއިން ތިރީގައި މިދަންނަވާ ތަކެއްޗަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، މި ތަކެތި މި މިނިސްޓްރީއަށް ހޯދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

  • 3 (ތިނެއް) ކޮމްޕެކްޓް ފައިލިންގ ސިސްޓަމް
  • 12 (ބާރަ) އޮފީސް ގޮނޑި
  • 12 (ބާރަ) އޮފީސް މޭޒު

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

20 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015