ދިވެހިރާއްޖެ
އަމިއްލަ ޚަރަދުގައި ވ.ފުލިދޫ " އަޙްމަދު މޫސާ " މިސްކިތަށް ބޭނުންވާ ސައުންޑް ސިސްޓަމް ގެނެސްދިނުމާއި، މިހާރު ހުރި ސައުންޑް ސިސްޓަމް ބަދަލުކޮށް، އިންސްޓޯލްކޮށް، ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ބިޑް ފޯމާއި އަދި މަޢުލޫމާތު ކަރުދާސް މިޢުލާނާއިއެކު ވާނީ އާއްމުކުރެވިފައެވެ.
ބިޑް/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 10 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ މީޓިންގް ރޫމްގައެވެ. ބިޑް/ޕްރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ގަޑިޖެހިގެން ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިޢިދާރާގެ ނަންބަރު 6700603 ނުވަތަ 9896446 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ( އީމެއިލް : [email protected] )