މަސައްކަތް
ނަންބަރު: (IUL)222-AH/INDIV/2015/43
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 18 އޮކްޓޫބަރު 2015 11:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ދާރުލްއާސާރުގެ އެއަރކޮންޑިޝަންތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު 37/IUL)222-AH/INDIV/2015)ފ(31 އޮގަސްޓު 2015) އިޢުލާނަށް ހުށަހެޅި އަންދާސީހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އާދީއްތަ

18 އޮކްޓޫބަރު 2015

11:00

އަންދާސީހިސާބު ހުށަހެޅުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އާދީއްތަ

25 އޮކްޓޫބަރު 2015

11:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22‏ ޛުލްޙިއްޖާ 1436 

06 އޮކްޓޫބަރު 2015