ބީލަން
ނަންބަރު: (I)288/2025/076
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 08 ސެޕްޓެންބަރު 2025 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރި ކުލަބުހައުސް ރޫފިން ކެނޮޕީ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ނ.ކުޑަފަރީ ކުލަބުހައުސްގެ ރޫފިން ކެނޮޕީގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން 2025 ޖުލައި 13 ވަނަ ދުވަހު ކޮށްފައިވާ މި އިދާރާގެ ނަންބަރު (I)288/2025/071އިއުލާނުން މަސައްކަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން އަލުން އިއުލާނު ކުރަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 ސެޕްޓެންބަރު 08 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ލިޔުންތަށް ތިރީގައިއެވާ ލިންކުގައި އެއްހީރާސްކުރެވިފައިވާނެއެވެ.

  1. ސްކިމެޓިކް ޑިޒައިން

ލިންކް: https://shorturl.at/ptRZy

  1.  ސްޓްރަކްޗަރަލް ޑުރޯވިންގސް

ލިންކް: https://shorturl.at/vORol

ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/IpWNV

މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 001ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެންބަރު 08 ވާ ހޯމަ ދުވަހުން ފެށިގެން 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހު މެންދުރުފަހު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ނުވަތަ އިލެކްޓްރޯނިކް ޒަރިއްޔާއިން ފޮތް ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ. 

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 އާދީއްތަ 22 ވާ ހޯމަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ.  އެއްވަސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަސްދު ދުވަހެއް ކަމުގައި ކަނޑައަޅާފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

01 ސެޕްޓެންބަރު 2025