ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2025/228
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:17
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ތަޤާފީ މައުރަޒު 2025" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025" ކުރިއަށްދާ ވަގުތު، ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 21 ސެޕްޓަންބަރ 2025 ވަނަ ދުވަހު ހަވީރު ތަޤާފީ މައުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިމައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 7 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރ ވުމަށް ދަންނަވަމެވެ. މި މައުރަޒާއި ބެހޭ މަޢުލޫމާތު، މިއިޢުލާނާއެކު ޢާއްމު ކޮށްފައިވާ "ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޘަޤާފީ މައުރަޒު 2025 ގެ އުޞޫލު" ގައި ބަޔާން ކޮށްފައިވާނެއެވެ.
ފޯމް ލިންކު: https://forms.gle/UHdyDX4voydw1nbFA
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527122 އަށް ގުޅުއްވުން އެދެމެވެ.
31 އޮގަސްޓް 2025