ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2025/61
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 14 ސެޕްޓެންބަރު 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފަރެސްމާތޮޑާ ކައުންސިލް ލިޓިލް ލަރނަރސް" ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލުމާ ގުޅޭ.

"ފަރެސްމާތޮޑާ ކައުންސިލް ލިޓިލް ލަރނަރސް" ޕްރީ ސްކޫލް ހުޅުވުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށް ދާތީ، ސްކޫލުގެ ކިޔެވުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުމަށް މި ކައުންސިލުން ނިންމާފައިވާތީ، މިއަދުން ފެށިގެން ސްކޫލަށް ކުދިން ވެއްދުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލީމެވެ.             

ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

ބޭބީ ނަރސަރީ

2025 އޮކްޓޯބަރ 05 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނަރސަރީ

2025 އޮކްޓޯބަރ 05 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

ވީމާ، 14 ސެޕްޓެމްބަރު 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި އެވާ ލިންކު މެދުވެރިކޮށް ފޯމު ފުރުއްވުން އެދެމެވެ. ފޯމު ފުރުމުގައި މި ކައުންސިލަށް (ރަސްމީ ގަޑި ތަކުގައި) ވަޑައިގަތުމުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

https://docs.google.com/forms/d/e/1FAIpQLSdS3aURDbg09Wx6losntppx-z_Dc2i90qQtx4iGs6t_KBgfcw/viewform?usp=header

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 އޮގަސްޓް 2025