މަސައްކަތް
ނަންބަރު: GS-119/2015/14
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 14 އޮކްޓޫބަރު 2015 10:30
ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ހޯލުއިމާރާތުގެ ސީލިންގ މަރާމާތުކުރުމަށް

ހޯލުއިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން

އަމިއްލަ ޚަރަދުގައި މި ސްކޫލުގެ ހޯލުއިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވަވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން:

 14 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 10:30 އަށް ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.

  • އަންދާސީހިސާބު ހުށަހެޅުން:

21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 10.30 އަށް ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.

  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

70

2

މަސައްކަތުގެ މުއްދަތަށް

10

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

10

4

މަސައްކަތުގެ ތަޖުރިބާއަށް

10

 

ޖުމްލަ: (ސަތޭކަ)

100

އަންދާސީހިސާބުކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ.ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބު މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015