ކުއްޔަށް ހިފުން
ނަންބަރު: (IUL)269/269/2025/50
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 03 ސެޕްޓެންބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މަރާމާތުކުރުމުގެ މަސައްކަތަށް އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބޭނެ ގެއެއް ހޯދުން

މިރަށުގެ ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ވަޑައިގަންނަވާ އެމް.ޓީ.ސީ ގެ މުވައްޒަފުންގެ އެކޮމެޑޭޝަން ހަމަޖެއްސުމަށް، 03 ކޮޓަރި، 03 ފާޚާނާ، ބަދިގެ އަދި ކާގެ ހިމެނޭހެން، ގެއެއް 3 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް ބޭނުންވެއެވެ.

             ވީމާ މިފަދަ ގެއެއް ކުއްޔަށް ދޭން ގަސްތުކުރާ ފަރާތްތަކުން މަހަކަށް ޖެހޭ ކުލި އެނގޭނެ ކޯޓޭޝަނަކާއި، ގެއާއި ގޯތި އޮތްތަން އެނގޭ ޗާޓަކާއެކު، 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން  ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "އެމްޓީސީސީގެ މުވައްޒަފުން ތިބުމަށް ގެއެއް ކުއްޔަށް ދިނުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2025