ބީލަން
ނަންބަރު: (IUL)227-AD-PM/227/2025/41
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 16 ސެޕްޓެންބަރު 2025 10:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ މުވައްޒަފުންގެ ޔުނީފޯމަށް ބޭނުންވާ ޓީޝާޓާއި، ޝޯލް އަދި ފޮތި ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ މުވައްޒަފުންގެ ޔުނީފޯމަށް ބޭނުންވާ ޓީޝާޓާއި، ޝޯލް އަދި ފޮތި  ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ‏2025‏ އޮގަސްޓް‏ 31ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.    

https://forms.office.com/r/KZmTPximXQ

  3. މި ބީލަމާއި ގުޅިގެންބޭއްވޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ‏2025‏ ސެޕްޓެމްބަރ‏ 01ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 މި އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދެވޭނެއެވެ.

  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  ‏2025‏ އޮގަސްޓް‏ 28ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2025‏ ސެޕްޓެމްބަރ‏ 16ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. 

  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540427

އީމެއިލް:     [email protected]

ކޮޕީ:       [email protected], [email protected]

28 އޮގަސްޓް 2025