މަސައްކަތް
ނަންބަރު: 371-B2/2015/59
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި: 13 އޮކްޓޫބަރު 2015 11:30
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެއްދޫ ކައުންސިލް އިދާރާ ހިންގާ، ކުރިމަގު ގޯތީގެ ވަށާ އިންފާރު މަރާމާތުކުރުމާއި ދިދަޕޯސްޓު އަދި ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

ބިލެއްދޫ ކައުންސިލް އިދާރާ ހިންގާ، ކުރިމަގު ގޯތީގެ ވަށާ އިންފާރު މަރާމާތު ކުރުމާއި ދިދަޕޯސްޓު އަދި ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015ވާ އަންގާރަ ދުވަހު 11:30ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހު 11:30ށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ކައުންސިލް އިދާރާ ހިންގާ، ކުރިމަގު ގޯތީގެ ވަށާ އިންފާރު މަރާމާތު ކުރުމާއި ދިދަޕޯސްޓު އަދި ވޯކްވޭ ހެދުމުގެ މަސައްކަތުގެ އަންދާސީހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް

   - މިއޮފީހުން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު

 

08 އޮކްޓޫބަރު 2015