ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 415/415/2025/136(IUL) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީ ދެންނެވިފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް މެދުވެރިކޮށް ބީލަމުގެ ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވުމުން، ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.
https://forms.office.com/r/jmgBBVGGge
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| ރެޖިސްޓްރޭޝަން މުއްދަތު | 28 އޮގަސްޓް 2025 އިން 11 ސެޕްޓެމްބަރ 2025 އަށް | - | 11 ސެޕްޓެމްބަރ 2025 ގެ 14:00އަށް | ލިންކް މެދުވެރިކޮށް | 
| ބީލަން ހުށަހެޅުން | 25 ސެޕްޓެމްބަރ 2025 | ބުރާސްފަތި | 11:00 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
                         05 ރަބީއުލް ޢައްވަލް 1447