ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)425-B6/1/2025/197
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 23:08
ސުންގަޑި: 31 އޮކްޓޫބަރު 2025 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާ ކުރުމުގެ މަޝްރޫޢު އާއި ގުޅިގެން ފަޅުތެރޭގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ.

މާލޭ އުތުރު ފަރާތު 05 ނަމްބަރ ފާލަމުން ފެށިގެން 8 ނަމްބަރ ފާލަމާއި، މަސްވެރިންގެ މައިޒާނުގެ ހުޅަނގު ފަރާތު ހުރަސްތޮށި ހިމެނޭގޮތަށް ޒޯން 2 ގެ ފަޅުތެރޭގެ ސަރަހައްދަކީ ރިސޯޓްތަކާއި، އަތޮޅުތަކާއި، އެ ނޫންވެސް ތަންތަނުން ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދު ފަހަރު ލަފާފުރުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދެއްކަމުގައި ދަންނަވަމެވެ. މި ގޮތުން އެދަފަ އުޅަނދު ފަހަރުވެސް ފަސިންޖަރުން އަރުވާ، ބާލާ ވަގުތު ފިޔަވައި އެހެން އެއްވެސް ވަގުތެއްގައި  މި ސަރަހައްދުގެ  އެއްގަމުތޮއްޓާއި ހުރަސްތޮށިގައި މަޑުކޮށްގެން އޮތުމާއި،އަޅާފައި ނުބޭއްވުމަށް އަންގަމެވެ.

             ވީމާ، މި އަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާ ލެވެންދެން މަތީގައި ބަޔާންކޮށްފައި އެވާ ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި،ދާއިމީކޮށް އަޅާފައި ބޭއްވުމަކީ މަނާކަމެއްކަން އަންގަމެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 އޮގަސްޓް 2025