ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-MSWH/1/2025/97
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި:
03 ސެޕްޓެންބަރު 2025 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ސަރަހައްދުގައި އޮތް ދޯންޏަކާއި ގުޅޭ
މާލެ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ވެލި ޒޯނުގައި އޮތް (P7905A-01-07A) ދޯންޏަކީ ވެރިފަރާތެއް ނޭގިފައިވާ ދޯންޏެކެވެ. އަދި 2025 ޖޫން މަހުން ފެށިގެން މިދޯނި އެއްވެސް ފަރާތަކުން ބޭނުންކުރާކަން އެނގިފައެއް ނުވެއެވެ. މިހެން ކަމުން މިދޯންޏާއި ހަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ މިދޯނީގެ ވެރިފަރާތެއް ވާނަމަ، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި ދޯންޏާއި ހަވާލު ވުމަށް މި ކުންފުނީގެ ޓީ-ޖެޓީ އޮފީހަށް ހާޒިރުވުމަށް ދަންނަވަމެވެ. އަދި 7 ދުވަހުގެ ތެރޭގައި ވަޑައިގެން ދޯންޏާއި ހަވާލު ނުވެެއްޖެނަމަ މި ދޯނީގެ ވެރިފަރާތެއް ނެތްކަމަށް ބަލައި، 2022 ޑިސެމްބަރ 19 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ "މާލެ ހުޅަނގު ދެކުނު ބަނދަރު" ބޭނުންކުރުމުގެ އުސޫލުގެ ތެރެއިން ދޯނި ނައްތާލެވޭނެ ވާހަކަ އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.
27 އޮގަސްޓް 2025