މަސައްކަތް
ނަންބަރު: H/IUL/2025/164
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 31 އޮގަސްޓް 2025 13:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކ. ދިއްފުށި އިންޖީނުގެއަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު މާލެ އިން ނަގައިގެން ކ. ދިއްފުށި އިންޖީނުގެއަށް ގެންގޮސް ބަހައްޓައިދިނުމުގެ މަސައްކަތް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                     

                                                          ނަންބަރު: H/IUL/2025/164

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ކ. ދިއްފުށި އިންޖީނުގެއަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު މާލެ އިން ނަގައިގެން ކ. ދިއްފުށި އިންޖީނުގެއަށް ގެންގޮސް ބަހައްޓައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި  މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން2025 އޮގަސްޓް 31 ވާ (އާދިއްތަ) ދުވަހުގެ 13:30 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކެވެ.

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 80 ޕޮއިންޓް

ހުށަހަޅާ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×80

މުއްދަތު: 15 ޕޮއިންޓް

ހުށަހަޅާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×15

ތަޖުރިބާ: 5 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

 

-          ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތު: މަދުވެގެން 45 ދުވަސް.

-          ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2025/164  

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެންބަރު 02 ވާ (އަންގާރަ) ދުވަހުގެ 10:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

                                     04 ރަބީޢުލްއައްވަލް 1447

                                      27 އޮގަސްޓް 2025               

ނޯޓް:

  • މި އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސިހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައުލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި މިއިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338124 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 
27 އޮގަސްޓް 2025