ދިވެހިރާއްޖެ
އިޢުލާން
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު
މިކޯޓުގައި ކައިވެނި ޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.
ކޯޓު/އިދާރާ: |
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް |
އެލަވަންސް: |
-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް) |
މަޤާމުގެ ޝަރުތު: |
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ މަޢުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް - ވަނަވަރު - އައިޑީކާޑުގެ ކޮޕީ - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ |
ކައިވެނިކޮށްދޭންޖެހޭ ގަޑި: |
ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ. |
ސުންގަޑި: |
03 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ވެބްސައިޓް gdh-hoadedhdhoo.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. - މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާންގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - މިމަޤާމަށް އެދި ފޯމު ހުށަހަޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލްގެ ޒަރިއާއިން ފޯމު ހުށަހަޅުވާނަމަ، މިކޯޓުގެ ރަސްމީ އީމެއިލް [email protected] އަށެވެ. - މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6840157 އަށެވެ. |