ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2015/44
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 18 އޮކްޓޫބަރު 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ގްރޭޑް 1)

އެސިސްޓެންޓް އޮފިސަރ (ގްރޭޑް 1)

މަޤާމު

1

ބޭނުންވާ އަދަދު

އޮޑިޓަރ ޖެނެރަލްގެ އޮފީސް ސަރަހައްދީ ގޮފި (ސ.ހިތަދޫ)

މަސައްކަތް ކުރަންޖެހޭ ތަން

-/4000  (ހަތަރުހާސް) ރުފިޔާ

މުސާރަ

  1. ސަރވިސް އެލަވަންސް: ދުވާލަކަށް 163/33 (ސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)
  2. ލިވިންގ އެލަވަންސް: -/1500 (ފަނަރަސަތޭކަ ރުފިޔާ)
  3. ޕްރޮފެޝަނަލް އެލަވަންސް: ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ -/500 (ފަސްސަތޭކަ ރުފިޔާ)                   އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް ރުފިޔާ)

ޢިނާޔަތް

  1. ކެމްބްރިޖް އޯލެވެލް ނުވަތަ ޖީ.ސީ.އީ އޭލެވެލް ހަދާފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

އަސާސީ ޝަރުޠު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުޠު

  1. އައްޑޫ ސަރަހައްދީ ގޮފީގެ ޔައުމިއްޔާ ބެލެހެއްޓުން.
  2. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
  3. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.
  4. ފައިސާއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
  5. އެޑްމިން، ފައިނޭންސް އަދި ހިއުމަން ރިސޯސް ޔުނިޓާއި ކޯޑިނޭޓްކުރުން.
  6. ލޮޖިސްޓިކްސް ހަމަޖެއްސުން.
  7. އެކިއެކި އިދާރީ ރިޕޯޓްތައް އެކުލަވާލުން.
  8. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައިނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

ހުށަހަޅަންޖެހޭ ލިޔުންތައް

18 އޮކްޓޫބަރު 2015 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). އީމެއިލް ކުރައްވާނަމަ [email protected] އީމެއިލް ލިބުނުކަމުގެ ރިސިޕްޓް ފޮނުވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

  1. މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓްލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓުކުރެވުނުކަން އަންގާނީ ޝޯޓްލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
  2. އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަނުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ

    ފޯނު ނަންބަރު:      3348200     

    ފެކްސް ނަންބަރު:     3316430

    އީމެއިލް އެޑްރެސް:    [email protected]

04 އޮކްޓޫބަރު 2015