ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2025/33
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 03 އޮކްޓޫބަރު 2025 10:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ބީޗް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

 މިކައުންސިލްގެ ބެލުމުގެދަށުގައިވާ ގެސްޓް ބީޗް ސަރަހައްދުތައް މަހަކު 7000/- (ހަތްހާސް) ރުފިޔާގެ ރޭޓުން އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. އެގޮތުން މިކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 03 ވާ ބުދަ ދުވަހުގެ ހެދުނު 10:30ގައި މިއިދާރާއަށް ސިޓީއަކުން ހުށަހެޅުމަށް އެދެމެވެ. އެއްފަރާތަކަށްވުރެއް ގިނަ ފަރާތުން ސިޓީ ހުށަހަޅާކަމަށްވާނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގޭ ފަރާތަކަށް މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އައުޓްސޯސް ކުރަން ހޮވޭ ފަރާތާއެކު މިކައުންސިލުން 1 އަހަރު ދުވަހުގެ މުއްދަތަކަށް އެގްރީމަންޓް ކުރެވޭނެއެވެ. އިތުރު މައުލޫމާތު މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާނެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        26 އޯގަސްޓް 2025 

 

26 އޮގަސްޓް 2025