ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2015/27
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 19 އޮކްޓޫބަރު 2015 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމަށް މައުލޫމާތު ދިނުން އަދި ބިޑް ހުށަހެޅުމާބެހޭ:

މިމިނިސްޓްރީގެ ނަންބަރު: IUL)30-E/30/2015/22) (ތާރީޚު: 15 ސެޕްޓެންބަރު 2015) ގެ އިޢުލާނާއި އަދި މިމިނިސްޓްރީގެ ނަންބަރު: IUL)30-E/30/2015/24) (ތާރީޚު: 4 އޮކްޓޫބަރު 2015) ގެ އިޢުލާނުގެ ދަށުން ފަޅުރަށްތައް ވަރުވާއަށް ދޫކުރުމަށް ވިއްކާފައިވާ ބިޑް ޑޮކިއުމަންޓްތަކާގުޅޭ ގޮތުން ރަށްތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދި ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައިގަތުން އޮންނާނީ 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.  މިގޮތުން ޕްރީބިޑް މީޓިންގ އޮންނާނީ 19 އޮކްޓޫބަރު 2015) ވާ ހޯމަ ދުވަހު ހެނދުނު 10:00 އިން 12:00 އަށެވެ. އަދި ބިޑްތައް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިގައިވަނީ 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 9.00 ގައެވެ.

ބިޑްގެ ވެރިފަރާތް ނޫން ފަރާތަކުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި އަދި، ވަޑައިގަންނަވާ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. ކުންފުންޏެއްގެ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނޫން ފަރާތަކުން ވަޑައިގަންނަވާނަމަ، ވަޑައިގަންނަވާ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކުންފުނީގެ ލެޓަރހެޑްގައި އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކުރައްވައި ހުށަހަޅުއްވަން ވާނެއެވެ. ޕާރޓްނަރ ޝިޕެއްނަމަ އެ ސިޓީގައި ސޮއިކުރައްވާފައި އޮންނަންވާނީ އެ ޕާރޓްނަރ ޝިޕެއްގެ މެނޭޖިންގ ޕާރޓްނަރެވެ. ޖަމްޢިއްޔާއެއްގެ ފަރާތުންނަމަ އެ ސިޓީގައި ސޮއިކުރައްވާފައި އޮންނަންވާނީ އެ ޖަމްޢިއްޔާއެއްގެ ރައީސެވެ.

ވީމާ، ރަށްތައް ވަރުވާއަށް ހޯއްދެވުމަށް އެދި ބިޑް ބައްލަވައިގެންފައިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހު ހެނދުނު 9.00 އަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

އަދި ބިޑް ބަލައިގަންނަން ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ވަޑައިގަންނަވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެވާހަކަވެސް ދެންނެވީމެވެ.

07 އޮކްޓޫބަރު 2015