ދިވެހިރާއްޖެ
1. ބީލަމާއި ބެހޭ މަޢުލޫމާތު:
މި ކުންފުނީގެ ބޭނުމަށް ހުޅުމާލެ ފޭސް-2 އިން އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/106 (6 އޮގަސްޓް 2025) އާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ ދެންނެވި އިޢުލާން ބާތިލްކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް، "ބީލަމަށް އަގު ހުށަހަޅާ ފޯމް" އާއެކު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން: |
|
ތާރީޚް: |
7 ސެޕްޓެމްބަރު 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ. |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
ގަޑި: |
14:00 |
2. ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]