ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-FD/113/2025/2
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 03 އޮގަސްޓް 2025 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމާއި ގުޅޭ

ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކޮށް، 21 ސެޕްޓެބަރ 2025 ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ކިއު ލައިވް ކުރުމާއި އެކު، ހުޅުމާލެ ޓާމިނަލްއިން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން ކަމަށްވެސް ދަންނަވަމެވެ. މިބަދަލާއެކު ހުޅުމާލެ ޓާމިނަލް އިން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނެއެވެ.

ވީމާ މި ކިއުގައި ބައިވެރިވުމަށް މި ކުންފުނީގެ ވެބަސައިޓްގެ ލިންކުގައިވާ ( https://port.mv/downloads)  ވެހިކަލް ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމް 03 ސެޕްޓެމްބަރ 2025 ގެ ކުރިން ފުރިހަމަކޮށް، މި ކުންފުންޏަށް ފޮނުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނަމަ ( [email protected] ) ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރ އަށް ހުށަހެޅުއްވުން އެދެމެވެ.

ކިޔުގައި ބައިވެރިވުމަށް ބަލާނެ މިންގަނޑު:

  1. މާލެ ކޮމާޝަލް ހާބަރ (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއިއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންވާނެއެވެ.
  2. ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުން.
  3. ފޯމާއި އެކު ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުން.
  4. ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން.
  5. އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއެއް ކަމުގައިވުން.
  6. ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލް.
27 އޮގަސްޓް 2025