ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ޕްރޮޖެކްޓް ކޯޑިނޭޓަރ
|
މުއްދަތު
|
2 އަހަރު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 3
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/15,000 ރުފިޔާ
( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް /ކްލައިމެޓް ކްލީން އެއަރކޯލިޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ކެމިކަލްސް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ކެމިކަލްސް ނުވަތަ ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ކެމިކަލްސް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
- ކެމިކަލްސް ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ދިވެހިރާއްޖޭއިން ބައިވެރވެފައިވާ 'ކްލައިމެޓް ކްލީން އެއަރކޯލިޝަން'ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުން
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' މިޓިގޭޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ކޯލިޝަންގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ވާރކްޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމުގައި އެހެން ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އޮފީސްތަކާއި، އެން.ޖީ.އޯތަކާއި އަދި އެހެނިހެން ދާއިރާތަކާއެކު މަސައްކަތްކޮށް، އެމީހުން ބައިވެރިވުން އިތުރުކޮށް މަސައްކަތްތައް ވިލަރެސް ކުރުން.
- ޕްރޮޖެކްޓްތަކުގެ ރިސޯސަސްތައް މެނޭޖްކުރުން
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭގޮތުން އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުން.
- ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ބޭނުންވާ ނެޝަނަލް އެކްސްޕާޓުން/ކޮންސަލްޓެންޓުން ހޯދުމުގެ މަސައްކަތްތައް ކުރުން
- ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ކަމާބެހޭ ދާއިރާތަކާއި ހިއްސާކުރުމަށްޓަކައި ބޭނުންވާ މަސައްކަތްތައް ކުރުން.
- 'ކްލައިމެޓް ކްލީން އެއަރކޯލިޝަން' ގެ އެކި އިނީޝިއޭޓިވްތަކުގައި ބައިވެރވުމުގެ މަސައްކަތްތަކާއި އެކި ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ކުރިއަށް ގެންދިއުން.
- 'ކްލައިމެޓް ކްލީން އެއަރކޯލިޝަން' ގެ ސެކްރެޓޭރިއެޓާއި ލީޑް ޕާޓްނަރސްއާއެކު އެކިއެކި އިނީޝިއޭޓްތަކާއެކު މަސައްކަތްކުރުން
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުން
- 'ކްލައިމެޓް ކްލީން އެއަރކޯލިޝަން' ޔުނިޓްގެ އެންމެހާ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ކެމިކަލްސް ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރި މިންވަރު.
- ތިމާވެށީގެ އެކި ދާއިރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައި ހުރި މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 20 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
24 ޛުލްޙިއްޖާ 1436
|