ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
މުއްދަތު
|
2 އަހަރު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 4
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/9,000 ރުފިޔާ
( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް / ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން ޔުނިޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭ ޕްރޮޖްކްޓްތައް ހިންގުމުގައި އެހީތެރިވުން.
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ވާރކްޝޮޕްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތައް އަދި ސެމިނަރތައް އޯގަނައިޒްކުރުން.
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާއި ސާރވޭތައް ކުރިއަށް ގެންދިއުން
- 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭ ޑާޓާ ކަލެޓްކޮށް ބެލެހެއްޓުން
- ހޭލުންތެރިކުރުމުގެ މެޓީރިއަލްސް ތައްޔާރުކުރުން.
- ޕްރޮޖެކްޓްތަކުގެ ރިކޯޑްސް ބެލެހެއްޓުން
- ޕްރޮޖެކްޓްތަކުގެ އަދި ކްލައިމެޓް އެންޑް ކްލީން އެއަރކޯލިޝަން ޔުނިޓްގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުން
- އިންޓަރނޭޝަނަލް އަދި ނޭޝަނަލް ކޮންސަލްޓެންޓުންގެ ދަތުރުތަކުގެ ކަންތައްތަކަށް އެހީތެރވުން.
- ކްލައިމެޓް އެންޑް ކްލީން އެއަރކޯލިޝަން ޔުނިޓުން ކުރާ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.
- ޔުނިޓުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަންތްލީ ރިޕޯޓު ތައްޔާރުކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018366 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ވާރކްޝޮޕް ސެމިނަރ ފަދަ ކަންތައްތައް އޯގަނައިޒްކުރުމުގެ ތަޖުރިބާ ލިބިފައިހުރި މިންވަރު
- ގްރޫޕެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާނުކުރުން 20 އޮކްޓޫބަރު 2015 އާއި 10 ނޮވެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
22 ޛުލްޙިއްޖާ 1436
|