ކުއްޔަށް ހިފުން
ނަންބަރު: (IUL)438-RDS/1/2015/139
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 15 އޮކްޓޫބަރު 2015 10:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ހިފުމަށް

މިކޯޕަރޭޝަންގެ އޮފީސް ހިންގުމަށް 1500 – 2500 އަކަފޫޓުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ އޮފީސް ޖާގައަކީ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ހަމަވާ އޮފީސް ޖާގައަކަށް ވާންޖެހޭނެއެވެ.             

އޮފީސް ޖާގައިގެ ހުންނަންޖެހޭ ޝަރުޠުތައް

  1. ވަކި ކަރަންޓް މީޓަރެއް ހުރުން
  2. މަދުވެގެން 2 ފާޚާނާ ހުރުން
  3. ދެވަނަ ފްލޯއިން މަތީ ތަނެއްނަމަ ލިފްޓްހުރުން
  4. އެއަރކޮންޑިޝަނިންގ ހުރުން
  5. ތަޅުމުގައި މުށިޖަހާފައިވުން
  6. ފާޚާނާތަކަށް ބޭނުންވާ ވޯޓަރސަޕްލައިފެން ހުރުން
  7. ވަކި ފެނުގެ މީޓަރެއް ހުރުން

ވީމާ، ދެންނެވުނު ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން 1500 – 2500 އާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅަންޖެހޭ ތަކެތި

  1. 1500 – 2500 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ދޫކުރާނެ އަގު
  2. ތަނުގެ ރަޖިސްޓަރީގެ ކޮޕީ
  3. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
  4. ތަނުގެ ކުރެހުން ބޮޑުމިނާއި ތަފުސީލުތައް އެނގޭގޮތަށް
  5. ފާޚާނާގެ އަދަދު އަދި ކޮޓަރި ހުރިނަމަ ކޮޓަރީގެ އަދަދު
  6. ފާޚާނާ ނުވަތަ ކޮޓަރި ނެތްނަމަ ނެތްކަން
  7. ތަނުގެ ފޮޓޯ
  8. އެންމެފަހުގެ ކަރަންޓު އަދި ފެނުގެ ބިލް

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

  •  ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
  •  މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
  •  އޮފީސް ޖާގައެއް ކުއްޔަށް ހިފުމާ ގުޅޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2015/139)

އަންދާސީހިސާބު އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އަގު (60 މާކްސް)
  • (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު) 60x
  • ޝަރުޠުތައް ހަމަވެފައިވާ މިންވަރު (20 މާކްސް)
  • ތަނުގެ ފެންވަރު (20 މާކްސް)
  • ހުށަހަޅާފައިވާ ފޮޓޯ އަދި ތަނުގެ ކުރެހުމަށް ބަލާފައި

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަޙަޅުއްވާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

08 އޮކްޓޫބަރު 2015